ނ މާފަރު މޫދަށް ގެނބިގެން މީހަކު މަރުވެއްޖެއެވެ.

މާފަރު ކައުންސިލުގެ ނައިބު މުހައްމަދު އާމިރު ވިދާޅުވީ މަރުވީ އެމްޓީސީސީގެ މުދާ އުފުލުމަށް ކުއްޔަށް ގެނެސްފައި އޮތް ކޮޅުވެއްޓިއެއްގައި އުޅޭ ބިދޭސީ މަސައްކަތު މީހެއްކަމަށެވެ.

"އެއީ 35 އަހަރުގެ މީހެއް. އެމްޓީސީސީން ކުއްޔަށް، އެތަނުގެ މުދާ އުފުލަން ކުއްޔަށް ހިފާފައި އޮތް ކޮޅުވެއްޓިއެއްގައި އުޅޭ މަސައްކަތު މީހެއް، މިއަދު ހެނދުނު 7:30 އެހާ އިރު އެމީހާ މޫދުން ފެނުނީ."

އާމިރު ވިދާޅުވި ގޮތުގައި އެމީހާ ރަށު ސިއްހީމަރުކަޒަށް ގެންދެވުނުއިރު ވެސް ވަނީ މަރުވެފައެވެ. އެހެންކަމުން ވީހާވެސް އަަވަހަށް އެމީހާ ފޮނުވާލުމުގެ މަސައްކަތް ފެށިކަމަށާއި މެންދުރުވީއިރު އެމީހާގެ ހަށިގަނޑު މާލެ ފޮނުވާލެވިއްޖެ ކަމަށެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ މާފަރު ލޭންޑިން ކްރާފްޓެއްގައި މަސައްކަތް ކުރާ 35 އަހަރުގެ ލަންކާ މީހެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ ވަލެއް ނެއްޓުވުމަށްޓަކައި މޫދަށް ފައިބައި އުޅެނިކޮށް ގެނބިގެން ކަމަށް ފުލުހުން ބުންޏެވެ.