އދ. ދިގުރަށުގައި ކުއްޖަކު ވިހެއުމަށްފަހު ކޮތަޅަކަށް ލާފައި އެއްލައިލި އަންހެން މީހާ އަތުލައިގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ވިހެއުމަށްފަހު ފޫޅު ނުކަނޑާ ކޮތަޅަކަށް ލާފައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނުނީ މިއަދު ހެނދުނު 9:20 އެހާ ކަންހާއިރު އެރަށު ކުނިގޮނޑުންނެވެ. މި މައްސަލަ ތިލަ ވުމާއެކު ފުލުހުން ވަނީ އެ ރަށުގައި ހަރަކާތްތެރި ވާން ފަށާފައެވެ.

އެގޮތުން ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެންމީހާ ދިގުރަށުން ފުރައިގެން އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެބަހުރި ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.