ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފަށަން އަދި މާއަސް: ޑޮކްޓަރ މަޢުސޫމް

0

ކުރިއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގެ ކެމްޕެއިންގެ މަސައްކަތް ފަށަން އަދި މާއަވަސްކަމުގައި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަދި ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ، ޖުމްހޫރީ ޕާޓީގެ މެމްބަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޑޮކްޓަރ މައުސޫމް ވިދާޅުވެފައިވަނީ، 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޝަޢުގުވެރިވާ ބަޔަކު ޝައުގުވެރި ވިޔަސް، އެކަމަށް ކެމްޕެއިން ކުރުން އަދި މާ އަވަސް ކަމަށެވެ. ޑޮކްޓަރ މައުސޫމަކީ، ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ ފުރުސަތެއްގައި، ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މައުސޫމް ކުރައްވާފައިވާ ޓްވީޓް އަމާޒުކޮށްފައިވަނީ ކޮންބޭފުޅަކަށްކަން އެނގެން ނެތްކަމުގައި ވިޔަސް މިހާތަނަށް 2023ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނޭކަމަށް ވިދާޅުވެ އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަމައެކަނި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއެވެ. ސިޔާސީ ބައެއް މީހުން ސިފަ ކުރައްވާ ގޮތުގައި މިހާތަނަށް ޖުމްހޫރީ ޕާޓީ ފެނިގެން ދަނީ ހަމައެކަނި އިންތިހާބު ތަކުގައި އެކަނިކަމުގައެވެ. އޭގެ ފަހުން ޕާޓީގެ އަޑުމަޑުގެ ހަމަހިމޭންކަން އެޕާޓީއަށް އަންނަކަމަށެވެ.

Advertisements

 

Advertisements
އަހްމަދު
އަހުމަދު އަކީ، ލިޔުންތެރިމަށް ޝަޢުގުވެރިކަން ހުންނަ އަދި ލިޔުންތެރިކަމުގައި ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތެކެވެ.