ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ހުރިހާ ޝެޑެއް ނަމާދު ވަގުތާ ދިމާކޮށް 20 މިނެޓަށް ބަންދު ކުރަން ނިންމައިފިއެވެ.

އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތައް ނަމާދުވަގުތަށް ބަންދު ކުރަން ފަށާފައި މިވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލު ވުމަށްފަހު ސަރުކާރުގެ އެސްއޯއީތަކުގެ ހިންގުމަށް ބަދަލުތައް ގެނެސް، ކުންފުނިތައް ހިންގުމަށް އާ ވެރިންތަކެއް އައްޔަން ކޮށްފައި ވަނިކޮށެވެ.

އެފްއެސްއެމްގެ އެމްޑީއަކަށް ރައީސް މުއިއްޒު އައްޔަން ކޮށްފައިވަނީ އިސްމާއީލް ސުހައިލްއެވެ. އޭނާއަކީ ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.

އެފްއެސްއެމްގެ އާ މެނޭޖްމަންޓުން އެކުންފުނީގެ ހުރިހާ ޕެޓްރޯލް ޝެޑެއްވެސް ކޮންމެ ނަމާދަކަށް 20 މިނިޓަށް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ،

އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުޏެކެވެ. އެ ކުރުންފުނި އުފައްދާފައިވަނީ 2000 ވަނަ އަހަރުގެ ޑިސެމްބަރ 18 ވަނަ ދުވަހުއެވެ.