ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތިމަތު މުހައްމަދު ސާލިހް (ފާތޭ) އައްޔަން ކުރައްވައިފިއެވެ.

އެކަމަނާ މި މަގާމަށް އައްޔަން ކުރެއްވީ މަޖިލީހުގެ ރައީސްއަށް މަޖިލީހުގެ ގަވާއިދުގެ ދަށުން ލިބިދީފައިވާ އިހުތިޔާރުގެ ދަށުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.

ފާއިތުވި ތިން ރައީސުންގެ އަރިހުގައިވެސް ރައީސްގެ ސެކްރެޓަރީއެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ސާލިހުގެ އެއްބަޑުއެއްބަފާ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސާލިހު ފާތޭއަކީ ފާއިތުވި ތިން ރައީސުންގެ އަރިހުގައި ރައީސްގެ ސެކްރެޓަރީއެއްގެ މަގާމް އަދާކުރައްވާފައިވާ ބޭކަނބަލެކެވެ. އެކަމަނާ އެ މަގާމު އަދާކުރެއްވި ތިން ރައީސުންނަކީ ރައީސް މައުމޫން، ރައީސް ޔާމީން އަދި ރައީސް ސާލިހެވެ.

ނަމަވެސް ރައީސް ސާލިހުގެ ވެރިކަން ނިމުމަށްފަހު އޭނާވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެކަމަނާ ސަރުކާރަށް ހިދުމަތް ކުރައްވަން ފައްޓަވާފައިވަނީ މީގެ 37 އަހަރު ކުރިން، 1986ގެ ފެބްރުއަރީގައެވެ.