ގްރީން ޓެކްސްގެ ގޮތުގައި ސެޕްޓެމްބަރުމަހު 74 މިލިޔަން ރުފިޔާ ވަނީ ލިބިފައި

0
ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ އިތުރުވެފައި

މިއަހަރުގެ ސެޕްޓެމްބަރު މަހު ގްރީން ޓެކުހުގެ ގޮތުގައި 74.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ އިން އަންގާރަ ދުވަހު އާންމުކުރި ސެޕްޓެމްބަރު މަހުގެ ގްރީން ފަންޑު ރިޕޯޓުގައި ވާގޮތުން ރިސޯޓު، ހޮޓެލްސް އަދި ގެސްޓް ހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ސެޕްޓެމްބަރު މަހު ޖުމްލަ 73 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ލިވަބޯޑްސް ތަކުން ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވަނީ 1.8 މިލިއަން ރުފިޔާ އެވެ.

އެންމެ ގިނަ އަދަދެއްގެ ޓެކްސް ދައްކާފައިވަނީ ކ އަތޮޅުންނެވެ. އެއީ 24.75 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ގިނަ އަދަދެއްގެ ޓެކްސް ދައްކާފައިވަނީ އދ އަތޮޅުންނެވެ. އެއީ ނުވަ މިލިއަން ރުފިޔާ އެވެ. ބ. އަތޮޅުން ވަނީ ގްރީން ޓެކުހުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ދައްކައިފަ އެވެ.

Advertisements

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 225.8 މިލިއަން ރުފިޔާ ހުރިކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ. އެ މުއްދަތުގައި އެ ފަންޑުން 58 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި ފަންޑުން ފައިސާ ހަރަދު ކުރަނީ ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކަށާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށެވެ. އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ މަޝްރޫއުތަކަށް އެ ފަންޑުން ހަރަދު ކުރެ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެން އެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަން ފެށީ، 2016 އިން ފެށިގެން އެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here