މަޑުއްވަރީ ސްކޫލްގެ ދަރިވަރުންނަށް، ދިރިއުޅުމުގެ ހުނަރު ދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

0

މ. މަޑުއްވަރީ ސްކޫލްގެ ގްރޭޑް 6 އިން ގްރޭޑް 9 އަށް ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ދިއްގަރު ޕޮލިސް ސްޓޭޝަނާއި މ. އަތޮޅު ޖެންޑަރ ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމްގައި، ދިރިއުޅުމުގެ ހުނަރުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް ވަނީ މަޢުލޫމާތު ދީފައެވެ. ސްކޫލާއި ގޭތެރޭގެ މާހަލުގައި ދިމާވާ ކަންކަން ހައްލު ކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާއި ކަންކަމުގައި ވިސްނުންތެރި ކަމާއެކު ގޮތް ނިންމުމަށް މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެއްކުއްޖަކު އަނެއްކުއްޖަކާ ގުޅިގެން މަސައްކަތްކުރުމާ ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން މަޢުލޫމާތުވެސް މި ޕްރޮގްރާމުގައި ވަނީ ދީފައެވެ.

Advertisements

http://www.policelife.mv/page/144833

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here