ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް ޔުނާން ސްޕޯޓްސް ވަރކިންގ ޓީމްގެ ޓްރެއިނިންގ ބޭސްއަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިއަދުގެ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޖޫޑޯ، ޖިމްނާސްޓިކްސް، ފެތުން އަދި އެހެން ކުޅިވަރުތަކުގެ ތަމްރީނުތައް ކުރިއަށްގެންދާ ތަނަށް ޒިޔާރަތްކުރައްވައި، ތަމްރީނުތައް ކުރިއަށްދާ ގޮތާއި އެ މަރުކަޒު ބައްލަވާލައްވާފައެވެ. އަދި އެ މަރުޒަކުގެ އިސްވެރިން ވަނީ، ރާއްޖޭގެ އެތުލީޓުންވެސް އެތަނުގައި ތަމްރީނުތައް ކުރިއަށްގެންދިއުމަށް އެދޭކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ސީ.އައި.ޑީ.ސީ.އޭއިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ނައިބު ރައީސް ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.