ރައްޔިތުންގެ މަޖިލީހުގެ ޓިކްޓޮކް އެކައުންޓާއެކު މަޖިލީހުގެ މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޓިކްޓޮކް އެކައުންޓެއް ހުޅުވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

މިކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ޓިކްޓޮކް އެކައުންޓާއެކު މަޖިލީހުގެ އޯޑިއަންސް ކުރިއަށްވުރެ އިތުރުވެގެންދާނެ ކަމަށާއި ޚާއްސަކޮށް ޒުވާނުން މަޖިލީހުގެ މަސައްކަތްތަކަށް މިހާރަށްވުރެ އަހުލުވެރިވާނެކަމަށެވެ.

ޓިކްޓޮކް އަކީ ތަފާތު ވީޑިއޯތަަކަށް އެކްޓް ކުރުމާއި އަޑު އަަޅައިގެން ލަވަ އާއި އެނޫންވެސް ކަންކަން ކުރެވޭ ގޮތައް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.