މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުވަދޫ ސުކޫލު ހުރިހާ މުވައްޒަފުންގެ ފަރާތުން ރަށުގައި ދުއްވާ ކޮންމެ ދޯންޏަކަށް ހަދިޔާ ޕެކް އަދި ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ގދ ފަރެސްމާތޮޑާގައި އިއްޔެ ހަވީރު 4:30 ގައި ފެށުނު މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ މަސްވެރިން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ކޮންމެ ދޯންޏަކަށް 2 ކުޅި ބޯކިބާ އަދި 2 ފޮނި ބޯކިބާ ނުވަތަ ކޭކު ޕެކެއް ހަދިޔާ ކޮށްފައިވެއެވެ. އަދު ކޮންމެ ދޯންޏަކަށް ހާއްސަ ސެޓްފިކެޓެއް ހުވަދޫ ސްކޫލުގެ ފަރާތުން ދީފައިވެއެވެ.

ފޮޓޯ: ޝަޒޫ/ހަލިނޫސް

މަސްވެރިންގެ އަގު ވަަޒަންކޮށް ހުވަދޫ ސުކޫލުގެ މުވައްޒަފުން މަސްވެރިންނަށްޓަކައި އަގު ހުރި ވަގުތުތައް ހޭދަކޮށްގެން މި ކުރި މަސައްކަތަށް މަސްވެރިން ވަނީ ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. އަދި ސުކޫލުގެ ދަރިވަރުންނާއި ގުޅުން ހުރި ހުރިހާ ކަމެއްގައި މަސްވެރިންގެ އެއްބާރުުލުމާއި އެހީތެެރިކަން މަސްވެރިން ދީފައިވާކަންވެސް ފާހަގަކުރިއެވެ.