ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 300 އަށްވުރެ ގިނަ މީހުން ހައްދުފަހަނައަޅައިފައިވާ އަނިޔާވެރި އިޒްރޭލުން ޝަހީދުކޮށްލައިފިއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހުއްޓުމެއްނެތި ދެމުންއަންނަ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 18،000 މީހުން ޝަހީދުވެ، 49،500 މީހުން ޒަޚަމްވެފައިވާއިވާއިރު، މީގެ ތެރޭގައި ގިނައީ ކުށެއްނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

"ޣައްޒާގައި ދާން ރައްކާތެރި ތަނެއް ނެތް،" އިޒްރޭލުގެ މަރުގެ ހަމަލާތައް ކުރިއަށްދާއިރު، ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ޢައްޒާގެ 36 ޕަސެންްޓް ގޭބީސީތަކުން ބަނޑުހައިހޫނުކަން ތަހައްމަލްކުރަމުންދާ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް އިން ބުނެއެެވެ.