މުދަލަށް ގެއްލުން ދިން މައްސަލައެއްގައި ފުލުހުން މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި ތިރީގައިވާ ވީޑިއޯ އިން ފެންނަ މީހާއަކީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އައްޑޫ ސިޓީ މަރަދޫފޭދޫ ގެއަކަށްވަދެ އެގޭގެ ބިއްލޫރި ގަނޑު ތަޅާފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެކެވެ.

https://youtu.be/jbR-Nn74Crk

އަދި އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދިފައިވެއެވެ.