ފަލަސްތީނުގެ ރެފިއުޖީން ބޭތިއްބުމަށް ރަޝިޔާއިން ކުރަމުންގެންދާ މަސައްކަތަތް ވަރަށް ބޮޑަށް ބަލައިގަންނަކަމަށް ފަލަސްތީނުން ރަޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލް ހާފިޒް ވިދާޅުވެއްޖެއެވެ.

"ރަޝިޔާއިން ކުރަމުންދާ މަސައްކަތްތަކުގެ އަގު އަޅުގަނޑުމެން އަގުވަޒަން ކުރަން. އެގައުމުން ދަނީ އަޅުގަނޑުމެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން،" ސަފީރު ވިދާޅުވިއެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހު އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމުން ހަނގުރާމަ ފެށުނު ފަހުން ރަޝިޔާއިން ދަނީ ޣައްޒާއަށް ވަރަށް ބޮޑަށް އެހީވަމުންނެވެ. އެގޮތުން އެ ހަނގުރާމަ ހުއްޓުވައި ދިނުމަށް އެދި އދ. ގެ ސެކިއުރެޓީ ކައުންސިލަށް ގަރާރެއް ހުށައެޅީ ވެސް ރަޝިޔާއިންނެވެ. އެހެންނަމަވެސް އެމެރިކާ އިން ވަނީ އެ ގަރާރު ވީޓޯކޮށްފައެވެ. އެކަމާ ރަޝީއާގެ އިތުރުން ޗައިނާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.