މާލޭގެ މޭޔަރުކަމަށް އެމްޓީސީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އާދަމް އާޒިމް މިއަދު އިލެކްޝަންސް ކޮމިޝަނަށް އިންތިހާބީ ފޯމު ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެމަނިކުފާނުގެ ފޯމާ ހަވާލުވެވަޑައިގެންނެވީ އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބެވެ.

އެމަނިކުފާނުގެ އިތުރުން އެ މަގާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ބޭފުޅުންވެސް ވަނީ ފޯމު ހުުށަހަޅުއްވައިފައެވެ. މިހާތަނަށް އެ މަގާމަށް ފޯމު ހުށަހަޅުއްވާފައިިވަނީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެން ވަހީދެވެ. އަދި ހުސެން ވާދަކުރައްވަނީ އަމިއްލަގޮތުންނެވެ.

އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ހުސެންގެ ކެންޑިޑެސީ އީސީން މިއަދު ވަނީ ގަބޫލުކޮށްފައިވާކަން އަންގައިިފައެވެ.

މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 13 ގައެވެ.