ޣައްޒާގެ ރެފިއުޖީ ކޭންޕުތަށް ތޮއްޖެހި، ބަލިމަޑުކަން ފެތުރެން ފަށައިފިކަމަށް އަލްޖަޒީރާ ޓީވީ ޗެނެލް އިން ރިޕޯޓުކޮށްފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން މައުލޫމާތުދޭ ގޮތުގައި ތިންލައްކަ ފަސްދޮޅަސް ހާހައް (360،000) ވުރެގިނަ ރެފިއުޖީން ޣައްޒާގައި ބަލި ތަކުގެ ޝިކާރައަކަށް ވެއްޖެއެވެ. މިހެން ކަންދިމާވުމުގެ މައިގަނޑު ސަބަބަކީ އެއްތަނެއްގައި ތިބެން ޖެހޭވަރަށް ވުރެ ގިނައިން މީހުން ތިބުމުންނެވެ. މިވަގުތު ޣައްޒާގެ ރެފިއުޖީ ކޭންޕުތަކުގައި ޖުމްލަ 1.9 މިލިޔަން މީހުން ދިރިއުޅެމުން ދެއެވެ. ވޯރލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު އެޗްއޯ) އިން މައުލޫމާތުދޭ ގޮތުގައި ރެފުއިޖީން ތެރޭގައި ޗިކަންޕޮކްސް، ޖޯންޑިސް އަދި މެނިންގިޓިސް ފަދަ ބަލިތަށް ފެތުރިފައި ވެއެވެ.

ޣައްޒާގެ ރެފިއުޖީންގެ ހާލަތު ވަނީ ވަރަށްދެރަވެފައެވެ. ޑަބްލިއު އެޗްއޯ އިން މައުލޫމާތުދޭ ގޮތުގައި ޣައްޒާގައި ކޮންމެ 700 މީހަކަށް ހުރީ އެންމެ ޝަވާޔުނިޓެކެވެ. އަދި ކޮންމެ 150 މީހަކަށް އެންމެ ފާހާނާއެކެވެ.

ޣައްޒާގައި ހުންނަ 36 ހޮސްޕިޓަލުގެ ތެރެއިން މިވަގުތު ހިދުމަތް ދެމުން ދަނީ އެންމެ 11 ހޮސްޕިޓަލުނެނެވެ. އިޒްރޭލުގެ ޒަޔަނިސްޓުން ދަނީ ޣައްޒާގައި ތިބި ހޮޮސްޕިޓަލުތަކަށް ހަމަލާ އަމާޒުކުރަމުންނެވެ.