ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލުގައި މަސައްކަތް ކުރާ 70 އެއްހާ މުވައްޒަފުން ސަހްޔޫނީ އިޒްރޭލުން ހައްޔަރު ކޮށްފިއެވެ.

"ހޮސްޕިޓަލުގެ ޑިރެކްޓަރާއި އިތުރު 70 ވަރަކަށް މެޑިކަލް ސްޓާފުން އަދިވެސް ތިބީ ހޮސްޕިޓަލުން ބޭރުގައި ސިއްރު ތަނެއްގައި ބަންދުކޮށްފައި،" އ.ދ އާއި ހަވާލާދީ އަލްޖަޒީރާއިން ބުންޏެވެ.

އިސްރާއީލުގެ ސިފައިންނާއި ޓެންކްތަކުން ހޯމަ ދުވަހާއި އަންގާރަ ދުވަހު އަދުވާން ހޮސްޕިޓަލަށް ހަމަލާ ދިނުމަށްފަހު "ގިނަ ބަޔަކު ހައްޔަރު" ކުރަމުންދާ ކަމަށް އ.ދ އިން ފުރަތަމަ ރިޕޯޓް ކުރީ ބުދަ ދުވަހުއެވެ.

އިޒްރޭލުން ހައްޔަރު ކުރުމަށްފަހު، ދޫކޮށްލި ބައެއް މުވައްޒަފުންނާއި ހަވާލާދީ އދ.އިން ބުނީ ހައްޔަރު ކުރުމަށްފަހު އެމީހުންނަށް އަނިޔާކޮށް، ގަދަ ފިނީގައި ބޭތިއްބި ކަމަށެވެ.