މިސްކިއްތަކުގެ މެއިންޓަނަންސް ބަޖެޓު 15 މިލިޔަން ރުފިޔާއަށް އިތުރު ކުރައްވައިފި ކަމަށް ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޓްވީޓްއެއްގައެވެ. މި ޓްވީޓްގައި އެމަނިކުފާނު ވިިދާޅުވެފައި ވަނީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެ ވަޑައިގެންނެވި ވައުދު ފުއްދަވައިފި ކަމަށެވެ. އަދި އައު ބަޖެޓަކަށް ކަނޑައެޅުއްވީ 15 މިލިޔަން ރުފިޔާ ކަމަށެވެ.

އިސްލާމިކް އިކޮނޮމީ ފޯރަމްގެ ނަމުގައި މިއަދު ފެށިފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވަގުފް ޕްޜޮޕާރޓީއެއް ގާއިމު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން މިސްކިތް މަރާމާތު ކުރުމަށް ފައިސާ ހޯދޭނެ މަގެއް ފަހިވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.