ބިޒްނަސް ސެންޓަާރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ނައިބު ރައީސް އަލްއުޘްތާޒް ޙުސައިން މުޙައްމަދު ލަތީފްގެ ކޮއްކޯފުޅު އިބްރާހިމް ޒިޔާއު މުޙައްމަދު އައްޔަންކޮށްފިއެވެ.

ގދ.ފަރެސްމާތޮޑާއަށް އުފަން ޒިޔާއުއަކީ ޓީވީއެމްއިން އެކި ޕްރޮގްރާމުތައް ހުށަހެޅި ޓީވީ ޕްރެޒެނެްޓަރެކެވެ. ޒިޔާއު އަކީ ކުރީގެ ބީސީސީގެ ހެޑް އޮފް ރީޗްގެ މަގާމުގައި ހުންނެވި ބޭފުޅެވެ.

ޒިޔާއު ވަނީ ބިޒްނެސް އެޑްމިނިސްޓްރޭޝަން އިން މާސްޓާރޒް ނަންގަވައިފައެވެ. އަދި މީގެ އިތުރުން މަލްޓިމީޑިއާގެ ދައިރާއިން ޑިގްރީ ހާސިލް ކޮށްފައިވާ ބޭފުޅެއް ވެސްމެއެވެ. ޒިޔާއުގެ ޅަ އުމުރުގައި ތައުލީމު ހާސިލް ކޮށްފައިވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުންނާއި އަހްމަދިއްޔާ އިންޓާރނޭޝަނަލް ސްކޫލް އިންނެެވެ.

ޒިޔާއު އަކީ ޓީވީއެމްއިން އެކި ޕްރޮގްރާމުތައް ހުށަހެޅުއްވުމުގައި އާންމުންގެ މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ.