ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަރަކާތްތެރިވާ ޓްރެފިކް މޮނީޓަރުންނަށް އެވެއާނަސް ސެޝަންތަކެއް ދ. ވާނީ ކެމްޕަސްގައި ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ '' ޓްރެފިކް މޮނީޓާސްގެ މައިދާނީ ދަތުރު'' ނަމުގައި ޑިސެމްބަރު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ޓްރެފިކް މޮނީޓަރުންނަށް ފަސްޓްއެއިޑް ސެޝަނަކާއި ޓްރެފިކް ނިޝާންތަކާ ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ޓީމް ބިލްޑިގ ހަރަކާތްތަކަކާއި ސެލްފް ޑިފެންސް ކުލާސްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ކެމްޕަސް ބަލާލައި އޮބްސްޓެކަލްސް ތަކަށް އެރުމުގެ ފުރަސަތު ދަރިވަރުންނަށް ދީފައިވެއެވެ.

މިދަތުރުގައި ޓްރެފިކް ނިޝާން އަދި ޓީމް ބިލްޑިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނެވެ. ސެލްފް ޑިފެންސް ސެޝަން ނަގައި ދިނުމުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގެ އިންސްޓްރަކްޓަރުންގެ އެހީތެރިކަން ލިބިފައިވެއެވެ.

އަދި މި ދަތުރަކީ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓްރެފިކް މޮނީޓަރުން ކުރަމުންގެންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމާއި، އެ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ޓްރެފިކް މޮނީޓަރުންގެ ކިބައިގައި ރަނގަޅު އަހުލާގު އަށަގަންނަވައި އެހެން ދަރިވަރުންނަށް ނަމޫނާ ބައެއްގެ ގޮތުގައި ތަމްރީނުކުރުމަށް ދިޔަ ދަތުރެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.