އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް، އެ އެކްސިޑެންޓުގެ މަންޒަރު ދުއް މީހަކު ހުރިތޯ ބެލުމަށް ބޭނުންވެގެން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓަކީ މިމަހު 11 ވަނަ ދުވަހުގެ 16:28 ހާއިރު ހިތަދޫ، މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ހަތަރު އަނގޮޅިން، ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެއްކަމަށެވެ.

އަދި މި އެކްސިޑެންޓުގައި އަނިޔާވި، ސައިކަލު ދުއްވި 83 އަހަރުގެ ފިރިހެން މީހާ އަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.

މި އެކްސިޑެންޓުގެ މަންޒަރު ދުއް އެއްވެސް މީހަކު ހުރި ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދޭކަމަށް ފުލުހުން ބުނެފައި ވެއެވެ.