ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ފުރުސަތު މިއަދު ހަމަވެފައިވާއިރު، އެމަގާމަށް ކުރިމަތި ލައިފައިވަނީ ދެ ބޭފުޅުންނެވެ.

ފުލުހުންގެ ގަވާއިދު އޮންނަ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ޖެހެއެވެ. އެ ގޮތުން މި މަގާމަށް ކުރިމަތި ލެވޭނީ ހިދުމަތު ގައި ދެމި ހުރި ފުލުހުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ބޭފުޅެކެވެ. މިފަހަރު މަގާމަށް ކުރިމަތި ލައިފައިވަނީ އެސިސްޓެންޓް ކޮމިޝަނަރުން ކަމަށްވާ އަލީ ޝުޖާއު އާއި އިސްމާއީލް ނަވީނެވެ.

މި ދެބޭފުޅުންގެ ނަން ޕޮލިސް ބޯޑަށް ހުސައަޅާފައިވާނެ ކަމަށް ރައްޖޭގެ ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެއެވެ. ޕޮލިސް ބޯޑުން މެދެބެފުޅުން އިންޓަވިއު ކޮށް، މި މަގާމަށް ގާބިލުތޯ ވަޒަން ކުރާނެއެވެ.