ރައީސުލް ޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ދައުރުގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް މިއަދު ހޯމް މިނިސްޓްރީއިން އިއުލާން ކުރައްވައިފިއެވެ.

މިއަދު މެންދުރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަާށެވެ. "އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން މެރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މިކަން ކޮންޓްރޯލް ކުރުމަށް މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ލާޒިމް ކަމެކެވެ. ކުރީގެ ސަރުކާރުން ވެސް ވަނީ މަަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި ފާއިތުވެ ދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ކުރި ކެނޑިޑޭޓެއް ކަމަށްވާ އުމަރު ނަަސީރު ވަނީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނެ ގިން ބައެއްގެ ތާއިދު ހޯދާފައެވެ.