އިދިކޮޅު ކޯލިޝަނުން ދަރުބާރުގޭ ކުރިމަތީގައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި، ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުުން ޝުޖާއާއި، އަބްދުއްރަހީމް ހައްޔަރުކޮށްފައިވަނީ ދަރުބާރުގެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުން އެ އެންގުމަށް އިޖާބަ ނުދިނުމުންނެވެ. މުޒާހަރާގައި އެއްވި މީހުންގެ ތެރެއިން އިދިކޮޅު އިސް ދެބޭފުޅުންގެ އިތުރުން އިތުރު މީހަކުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ އިންޑިއާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ނުވާތީ ކަށަވަރުނުކޮށް ވެކްސިން ނުޖެހުމަށެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލަމުންދެއެވެ.