އިސްލާމިކް މިނިސްޓްރީގައި ތައުލީމީ ގޮތުން ކުރިއަރައިފައިވާ ބޭފުޅުން ހިމަނައިގެން "ތިންޓޭންކް" އެއް ގާއިމު ކުރަން ނިންމައިފި ކަމަށް އެ މިނިސްޓްރީގެ ވަޒީރު މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޓްވީޓްއެއްގައެވެ. ޝަހީމް ވިދާޅުވީ އެމިނިސްޓްރީގެ އިސްވެރިންގެ ބައްދަލުވުމުގައިި "ތިންކްޓޭންކް" އެއް ގާއިމު ކުރަން ނިންމައިފައިވާ ކަމަށެވެ. ތިންޓޭންކެއް ގާއިމު ކުރައްވަން ނިންމެވީ އެ މިނިސްޓްރީގެ ކަންކަން ޒަމާނީ ވިސްނުންތަކުގެ އަލީގައި ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

މި ތިންކްޓޭންކްގެ ގައި ހިމެނޭނީ އެ މިނިސްޓްރީގެ ސިވިލް ސްޓާފުންގެ ތެރެއިން އެންމެ ތައުލީމީގޮތުން ކުރިއަރައިފައިވާ ބޭބޭފުޅުންނެވެ.