މޯލްޑިވްސް މީޓްރޮލޮޖީ(މެޓް) އިން ށ.އަތޮޅާއި ފ.އަތޮޅަށް މޫސުން ގޯސްވާނެ ކަމަށްބުނެ ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނުގެ 8:15 އިން މެންދުރުފަހު 14:15 އަށެވެ.

އެވަގުތު ތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ. އަދި ކަނޑުތައްވެސް ގަދަ ވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެެވެ.