ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމަށް އަލީ ޝުޖާއު އައްޔަނު ކުރުމަށް ޕޮލިސް ބޯޑުން ލަފާދީފިއެވެ.
ކުރީގެ ޕޮލިސް ކޮމިޝަނާރ، މުހައްމަދު ހަމީދު ރިޓަޔަރ ވުމާއި ގުޅިގެން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ ގޮތުން މި ފުރުސަތުގައި މަގާމަށް ކުރިމަތި ލައިފައިވަނީ އެސިސްޓެންޓް ކޮމިޝަނަރުން ކަމަށްވާ އަލީ ޝުޖާއު އާއި އިސްމާއީލް ނަވީނެވެ.
މިގޮތުން ޕޮލިސް ބޯޑުން ކޮމިޝަނަރަކު އައްޔަނު ކުރުމުގެ މަރުހަލާގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެ މަގާމަށް ޝުޖާއު އައްޔަނު ކުރުމަށް ލަފާދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.