ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިމަހުގެ 31 ވަނަ ދުވަހާއި ޖެނުއަރީ 1 އަދި 2 ވަނަ ދުވަސް ބަންދުވާނެ ކަމަށް އިއުލާން ކޮށްފިއެވެ.

ގައުމީ ބޭންކުން ބުނި ގޮތުގައި އަހަރު ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސަސް ސެންޓަރުތަކުން ހިދުމަތް ލިބޭނެ އެންމެ ފަހު ދުވަހަކީ ޑިސެމްބަރު މަހުގެ 28 ވާ އާދިއްތަ ދުވަހެވެ.

މިމުއްދަތުގައި އޭޓީއެމް އަދި ޑިޖިޓަލް ބޭންކިން ސުއިޓްގެ ހިދުމަތް (މޯބައިލް އަދި އިންޓަނެޓް ބޭންކިން) ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ބޭންކުގެ ހިދުމަތް ލިބޭނެ އެވެ.