އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމް 2023 ގެ ބައިވެރިން ދިވެހި ފުލުހުންގެ ހިދުމަތަށް ޒިޔާރަތްކޮށްފިއެވެ.

މި މަހުގެ 27 ވަނަ ދުވަހު ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ބައިވެރިން ދިވެހި ފުލުހުންގެ ހިދުމަތަށް ކުރި ޒިޔާރަތުގައި ވަނީ އިސްކަންދަރު ކޮށީގައި މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަންގައި ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން ފުލުހުންގެ ދައުރަކީ ކޮބައި ކަމާއި ރާއްޖޭގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ފުލުހުންގެ މަސައްކަތްތަކުގައި ބޭނުންކުރާ ހަތިޔާރުތަކާއި ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮތް ގުޅުމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ސެޝަންގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ފާތިމަތު ނަޝްވާ އާއި ޑިރެކްޓަރ ޖެނެރަލް އޮފް މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު އިޝާން އާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް މުހައްމަދު އަޝްރަފް އާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސް ގެ ބައެއް އިސް އޮފިސަރުން ބައިވެރިވެއްލެއްވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ކެޑޭޓުން ދިވެހި ފުލުހުންގެ ހިދުމަތަށް ކުރި ޒިޔާރަތުގައި އިންޑިޔާ، ސްރީލަންކާ ގެ އިތުރުން ނޭޕާލް ހިމެނޭހެން ޖުމްލަ 16 ކެޑޭޓުން ބައިވެރިވެފައިވެއެވެ.