އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕު ފުޓުބޯޅަ މުބާރާތުގެ މިއަދުގެ މެޗުގައި ބައްދަލުކުރީ މެދުވަލު އެފްސީއާއި ފޭދޫ ސްޕޯޓްސް އެވެ.

މިމެޗު 2-3 ލަނޑުން ކާމިޔާބުކުރީ ފޭދޫ ސްޕޯޓްސްއެވެ. މި މޮޅާއެކު އެ ޓީމްވަނީ ގުރޫޕުގެ އެއްވަނަގައި ހަމަޖެހިލައިފައެވެ.

މި މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ފޭދޫ ސްޕޯޓްސް އެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ އަލީ ނާފިއުއެވެ. އޭނާ މި ލަނޑުޖެހީ މެޗުގެ އަށްވަނަ މިނެޓުގައެވެ.

ވެހެމުންދިޔަ ވާރޭ ތެރޭގައު ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިންމާލީ އިތުރު ލަނޑެއް ނުޖެހިއެވެ.

ދެވަ ހާފް ފަށައިގެން މާގިނަ އިރެއް ނުވަނީސް ފޭދޫ ސްޕޯޓްސް ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު އަލުން ނަގައިފައެވެ.

ދެވަނަ ހާފު މެދުވަލު އެފްސީން ފެށީ ސަޕޯޓަރުންގެ އަޑުން ދަނޑު ގުގުމާލަމުންނެވެ. އެޓީމުން މިހާފު ކުޅެން ފަށާ 57 ވަނަ މިނެޓުގައި އެޓީމުގެ މުހައްމަދު ރަފާހު ވަނީ ޓީމަށް ސުންކަނޑުވާލަ ދީފައެވެ. މި ލަނޑަށް ފަހު 59 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހައި އޭނާ ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ފޭދޫ ސްޕޯޓްސް މޮޅުވި ލަނޑު އެޓީމަށް ޖަހައިދީފައިވަނީ 69 ވަނަ މިނެޓުގައި އަބްދުﷲ އިމްރާނެވެ.

ފޭދޫ ސްޕޯޓްސް މިމެޗުން މޮޅުވުމާ އެކު ގްރޫޕުގެ އެއްވަނަ އެޓީމަށް ލިބެނީ 6 ޕޮއިންޓާ ހޯދައިގެންނެވެ. ގްރޫޕުގެ ދެވަނައި ގައި އޮތީ ކުޅުނު ދެމެޗުން ތިން ޕޮއިންޓް ހޯދައިފައިވާ މެދުވަލު އެފްސީ އެވެ.

މުބާރާތުގައި، މާދަމާ ކުޅޭނީ ފާހި ސްޕޯޓްސް އާއި އެފްސީ އަފިރިން ޓީމެވެ. މިއީ ގްރޫޕް އޭގެ ދެޓީމެވެ.