ހުޅުމާލޭ 3 ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތްތަކުގެ ދެވަނަ ފޭސްގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އާރރަބަންކޯއިން ވިދާޅުވީ ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ 10 ހެކްޓަރ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނި ނިމިފައިވާ ކަމަށެވެ.

ދެވަނަ ފޭސް ގައި ހިއްކުމަށް ކަނޑައެޅިފައިވަނީ 29 ހެކްޓަރ އެވެ. އަދި ތިން ވަނަ ފޭސް ގައި 24 ހެކްޓަރ އެވެ.

މީގެ އިތުރުން އަރބަންކޯ ވިދާޅުވި ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާ ލެއްވުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފޭސް 3 ސަރަހައްދަށް މިއަދު ޒިޔާރަތް ކުރެއްވިއެވެ. އަދި އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުރަތަމަ ސްޓޭޖްގެ ބިން ހިއްކުމަށް ފަހު، ޑްރެޖަރ ގެ މަރާމާތަކަށް މަސައްކަތް މެދުކަނޑާލަން ޖެހުނު ނަމަވެސް، މި ޕްރޮޖެކްޓްގެ މަސައްކަތް ނުހުއްޓި ކުރިއަށް ދާކަމަށެވެ.

އަދި މިސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބިން ދޫކުރުމަށް ހަމަޖެހިފައި ވާކަމަށް ވެސް އެމަނިފާނު ވިދާޅުވިއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ތަރައްގީވެގެން ދާއިރު ރައްޔިތުންނަށް ލުއި ފަސޭހަ ވާނޭހެން ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އަރބަންކޯއިން ވަނީ ވިދާޅުވެފައެވެ.