އޮނުތަކެއް އޮޔާދާތީ އެކަމަށް ދަތުރުވެރީން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ.
އެމެއެންޑީއެފުން ވިދާޅުވެފައިވާ ގޮތުގައި އެ އޮނުތައް އޮޔާދަނީ ށ.ފޯކައިދޫއާއި ށ.މަޑިދޫއާ ދޭތެރެއިން ހުޅަނގު އުތުރަށް ށ.ފޭދޫއާ ދިމާއަށް ވާގޮތަށް ކަމަށެވެ.
އެ އޮނުތައް އޮޔާދަނީ ދެފެންދޭތެރެއިންނެވެ. އެހެން ކަމުން އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއްވިއެވެ. ޚާއްސަކޮށް ރޭނގަޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އެދިވަޑައިގެންފައިވެއެވެ.