ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ޔުގަަންޑާއަށް ފުރާވަޑައިގެންފި އެވެ.

ކޮމަންވެލްތްގައި ހިމެނިވަޑައިގަންނަވާ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ޔުގަންޑާއަށް ފުރާވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަސްލަމް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަަހު އަސްލަމް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.