ތާޖް ކޮރަލް ރިސޯޓުގެ ވޯޓާ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ އެމްއެންޑީއެފް ފަޔާ ޓީމުން އެ ރިސޯޓުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެގޮތުން އެ ރިސޯޓުގެ މުވައްޒަފުން ކުރި މަސައްކަތުން އަލިފާން ކޮންޓްރޯލް ކުރެވިފައިވާއިރު، ވޯޓާ ވިލާ ވަނީ އެއްކޮށް އަނދައި އަޅިއަށް ވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 22:44 ހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.