މ. ކޮޅުފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަށް އަރައިފިއެވެ.

ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު މިރޭ ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު އެ ރަށުން ނެގި 106 ރެންޑަމް ސާމްޕަލްގެ ތެރެއިން 9 ސާމްޕަލެއް ޕޮޒިޓިވްވުމަށްފަހު އިތުރު ސާމްޕަލެއް ވެސް ޕޮޒިޓިވްވެ ޖުމްލަ އަދަދު 10 އަށް އަރާފައިވާ ކަމަށެވެ.

އަދި އިތުރު ކޮންޓެެކްޓުންގެ ސާމްޕަލްތަކާއި ބަލީގެ އަލާމަތްތައް ހުރި މީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.