ބޭނުންވާ ތަކެތި

1 ޖޯޑު ހަނޑޫ (ހަރުހަނޑޫ)

8 ބިލަމަގު

1 ސ. ސަމުސާ އަސޭމިރުސް

1 ސ. ސަމުސާ ދިރި

1 ކާށި ( ބޮޑު )

2 ޖޯޑު ބަނބުކެޔޮ (ކުދިކޮށް ކޮށާފައި)

3. ފިޔާ

8 ހިކިމިރުސް

1 ގަނޑު ވަޅޯމަސް (ކުޑަ)

3 އިންޗީގެ 2 ބުރި ރާނބާފަތް

3 ހިކަނދިފަތް

2 މ. ސަމުސާ ރިހާކުރު

1 ގިތެޔޮ މިރުސް

1 އިންޗި އިނގުރު

1 ލުނުމެދު

ރަހަލާވަރަށް ލޮނު

12 ޖޯޑް ފެން

1 ސ. ސަމުސާ ރީނދޫ

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ހަނޑޫކޮޅު ދޮވެލާށެވެ. ދެން ދިރި އާއި އަސޭމިރުސް ހިކިމިރުސް މުގުރާލާށެވެ. ދެން އިނގުރު ލޮނުމެދު 1 ފިޔާ 1 ހިކަނދިފަތް މުގުރި މިރުހަށް އަޅާ ފެން އަދި ލޮނުކޮޅެއްވެސް އަޅައިގެން ހިމުންކޮށްލާށެވެ. ދެން އޮތް 2 ފިޔާ ތުނިކޮށް ކޮށާލާށެވެ. ބިލިމަގުކޮޅު ފަޅާލާށެވެ. އެއަށްފަހު ކާށިން ހުނިގާނާފައި ބޯކިރު ނަގާށެވެ. ދެން ހަނޑޫ ފެން އަޅައިގެން މަޑުކުރަން އުދާށެވެ. ކުޑައިރުކޮޅަކު ހަނޑޫ ކޮޅު ކެކުމުން ކޮށާފައި ހުރި ބަނބުކެޔޮ ކޮޅު ވެސް އެ އަށް އަޅާލާށެވެ. ދެން ފެޅި ބިލިމަގާއި ،ހިކަދިފަތް، ރާނބަފަތް، ކޮށި ފިޔާ ވެސް އެއަށް އަޅާލާށެވެ. އަދި ފުޑި މިރުހާއި ރީނދޫ އަދި ގިތެޔޮ މިރުސްކޮޅު އަޅާށެވެ. އަދި މަސްކޮޅު ކޮށާލުމަށްފަހު ބަތްޕެނަށް އަޅާ ލޮނުހެޔޮވަރު ކޮއްލާށެވެ. ދެން ބޭނުން އޮލަމިނެއްގައި ބަހެއްޓުމަށް ފަހު ބޯކިރު އަޅާލާށެވެ. ތެލި އުދުން މަތިން ބޭލުމުގެ ކުރިން ރިހާކުރު އަޅާށެވެ. ބޭނުމިއްޔާ ރިހާކުރު ނާޅާވެސް ބަތްޕެން ކެއްކިދާނެއެވެ.