ރައީސް އޮފީހުގެ ވެބްސައިޓް ހިމެނޭހެން ސަރުކާރުގެ ބައެއް ވެބްސައިޓްތަކަށް ދިމާވި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ޑައުންވެފައިވާ ސަރުކާރުގެ ވެބްސައިޓް ތަކުގެ ތެރޭގައި ރައީސް އޮފީހުގެ ވެބްސައިޓާއި ފޮރިން މިނިސްޓްރީގެ ވެބްސައިޓްގެ އިތުރުން ސަރުކާރުގެ ބައެއް މިނިސްޓްރީގެ ވެބްސައިޓްތައް ހިމެނެއެވެ.

މިކަމާގުޅިގެން ރައީސް އޮފީހުން އިތުރަށް ވިދާޅުވެފައިވަނީ ވެބްސައިޓަށް ދިމާވި މައްސަލަ ނޭޝަނަލް ސެންޓަރ ފޮރ ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއި ކަމާގުޅުންހުރި ދައުލަތުގެ އެހެން އިދާރާތަކުން ބަލަމުން އަންނަ ކަމަށެވެ.