މިދިޔަ މަހުގެ ފަހުކޮޅު، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މޮންޓަނޭގްރޯ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހަރަދުވީ 589،736ރ. ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އެންމެ ބޮޑު ހަރަދެއް ދިޔައީ ޓިކެޓަށް އެގޮތުން ބިޒްނަސް ކްލާސްގައި ދަތުރު ކުރެއްވުމަށް ޓިކެޓަށް 492،746ރ. ހަރަދުވެފައިވެއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި ނައިބު ރައީސްގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުހައްމަދު ހުސައިން ޝަރީފް ހިމެނިވަޑައިގަންނަވާހެން ޖުމްލަ ފަސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހަރަދުތަކުގެ ތަފުސީލު:

  1. ބިޒްނަސް ކުލާސް ފަސް ޓިކެޓް - 492,746.10 ރުފިޔާ
  2. ފަސް ބޭފުޅުންގެ ޕޮކެޓް މަނީ - 64,638 ރުފިޔާ
  3. ފަސް ބޭފުޅުންގެ ފަރިއްކޮޅު ހަރަދު (މޮންޓެނީގްރޯ) - 23,823.72
  4. ރުފިޔާ ފަސް ބޭފުޅުންގެ ފަރިއްކޮޅު ހަރަދު (އިސްތަންބޫލް) - 7,895.07 ރުފިޔާ
  5. ވިސާ ހަރަދު 633.76 ރުފިޔާ

ނައިބު ރައީސް މޮންޓެނޭގްރޯއަށް ވަޑައިގެންނެވީ އެ ގައުމުގެ ޑަންލޮވް-ގްރަޑްގައި ބޭއްވި މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ރައީސާއި ނައިބު ރައީސްގެ ރަސްމީ ދަތުރުފުޅުތައް ނިމޭތާ 15 ދުވަސްތެރޭގައި އެ ދަތުރުފުޅެއްގެ ހަރަދުތަކުގެ ތަފުސީލު އާންމުކުރުމަކީ ރައީސް ޑރ މުއިއްޒުގެ ވައުދުފުޅެކެވެ.

ރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 24 ނޮވެންބަރު 2009 ގައެވެ.

.