ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީ.ސީ.ސީ.ސީ.)ގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީއަށްކުރާ ދަތުރުގައި ޗައިނާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. ސީ.ސީ.ސީ.ސީ. ގެ އިސްވެރިން ވަނީ ޗައިނާގެ ސީ.ސީ.ސީ.ސީ.އަށް ދިވެހިރާއްޖެއިން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އަދި ރާއްޖޭގެ ތަރައްގީއަށް ކުރިއަށް ރާއްވަވާފައިވާ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.ސީ.ސީ.ސީ.ސީ. ގެ އިސްވެރިން ވަނީ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރާއްޖޭގެ ސަރުކާރުން ކުރާ މަސައްކަތްތަކާއެކު ރާއްޖޭގެ ކުރިމަގު އުޖާލާވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސްގެ ވާހަކަފުޅުގައި ދެގައުމުގެ ދެމެދު ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސްގެ ދެކަނބަލުންގެމި ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.