ދިވެހިރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓު އިންޑިއާއިން ހެކުކޮށް އިންޒާރެއް ދީފިއެވެ.

ބާރަތިޔާ ހެކަރުން ކިޔާ ގްރޫޕަކުން ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެ ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓު އިންޑިއާއިން ހެކުކޮށް އިންޒާރެއް ދީފި ކުކޮށް ލިޔެފައިވާ އިންޒާރުގައި ވަނީ ވެބްސައިޓް ހެކްކުރީ، ދިވެހި ސަރުކާރުގެ ބައެއް ބޭފުޅުން ދާދިފަހުން ދެއްކެވި ހަރުކަށި އަދި ހަޑިހުތުރު ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

މަލްޝާ ޝަރީފް، ހަސަން ޒިހާން އަދި މަރިޔަމް ޝިއުނާ ފަދަ ބޭފުޅުންގެ ނުކިޔަމަންތެރި އަދި ނަސްލީ ވާހަކަތަކަކީ ލަދުވެތި ކަމުގެ އިތުރުން ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް ވެސް ގެއްލުންހުރި ވާހަކަތަކެއް ކަމަށް އިންޒާރުގެ މެސެޖުގައި ވެއެވެ.

“އަޅުގަނޑުމެންގެ ފަރާތުން ތިޔަބޭފުޅުންގެ ޤައުމަށް ލިބިފައިވާ ތާރީޚީ އެހީތެރިކަމާއި އެއްބާރުލެއްވުން ހަނދާންކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ޘަޤާފަތާ މެދު އިހާނެތިކޮށް ދައްކާ ވާހަކަތަކާއި، ކުރީގެ އެހީއާއި، އެއްބާރުލުމާ ބެހޭގޮތުން ފެންނަން ހުރި ހަނދާންތައް ނެތުމަކީ ވަރަށް ބޮޑަށް މާޔޫސްކުރުވަނިވި ކަމެއް.”

އިންޒާރުގެ މެސެޖުގައި އިތުރަށް ބުނެފައިވަނީ މަސްލަހަތު ރަނގަޅުކުރުމަށްޓަކައި މިހާރުން މިހާރަށް މޯދިއަށާއި އިންޑިއާއަށް ކުރާ ފުރައްސާރައަށް ހިތްވަރު ދިނުން ހުއްޓާލައި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތަކާމެދު ވިސްނައިލުމަށެވެ.