ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ތިން ވަނަ އަހަރީ ދުވަސް ފަރެސްމާތޮޑާ އެއަރޕޯޓުން ފާހަގަކޮށްފި އެވެ. މި ދުވަސްފާހަގަކުރުމުގެ ގޮތުން ފަރެސްމާތޮޑާ އެއަރޕޯޓުން ވަނީ އިއްޔެ އެ އެއަރޓުން ފުރި ހުރިހާ ދަތުރުވެރިންނާއި އަދި މި އެއަރޕޯޓަށް އައި ހުރިހާ ފަތުރުވެރިންނަށް ކުރުނބާ ދީފައެވެ. މީގެއިތުރުން އެ އެއަރޕޯޓުން ދަތުރުކުރި ކުޑަކުދިންނަށް ވަނީ ހަދިޔާ ބެހުމުގެ އިތުރުންވެ.އެއަރޕޯޓުގައި މަސައްކަތްކުރާ އެހެނިހެން މުއައްސަސާތަކާއެކު އާރުއޭސީއެލްގެ މުވައްޒަފުންވަނީ ކެއުމެއް ބާއްވާފައެވެ.

ފޮޓޯ: ޝަޒޫ/ހަލިނިއުސް

މި ކެއުމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސްކޮމް) އާއި، އައިލެންންޑް އޭވިއޭޝަނުން އަދި އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ. ފަރެސްމާތޮޑާ އެއަރޕޯޓުން މައުލޫމާތު ދެއްވި ގޮތުގައި އެއެއަރޕޯޓް ހިންގާ ކުންފުނީގެ އަހަރީ ދުވަހާއި ގުޅިގެން އަދި އިތުރު ހަރަކާތަތަކެއްވެސް ބާއްވަން ވަނީ ނިންމާފައެވެ.

ފޮޓޯ: ޝަޒޫ/ހަލިނިއުސް

އެގޮތުން މާވަރުލު އެއަރޕޯޓުގެ މުވައްޒަފުންނާ އެކީ އެކުވެރިކަމުގެ ފުޓްސެލްމެޗެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި އެ މި ފުޓްސެލްމެޗް އޮންނާނީ ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގައި އަންނަ ހޮނިހިރު ދުވަހު ހަވީރުކަމަށް އެ އެއަރޕޯޓުމް ބުންޏެވެ.

ފޮޓޯ: ޝަޒޫ/ހަލިނިއުސް

ގދ. ފަރެސްމާތޮޑާ އެއަރޕޯޓަކީ އާރުސީއެލްއިން އިން އެންމެ ފަހުން ހުޅުވި އެއަރޕޯޓެވެ. މިދިޔަ އަހަރުގެ މާޗްމަހުގައި ހުޅުވި ފަރެސްމާތޮޑާ އެއަރޕޯޓަކީ އެތެރެގޭ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއަކާއެކު ތަރައްގީކޮށްފައިވާ މިއެއަރޕޯޓަކީ ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ތަރައްގީކޮށްފައިވާ އެއަރޕޯޓެކެވެ. ފަރެސްމާތޮޑާ އެއަރޕޯޓުގެ އިތުރުންވެސް އާރުއޭސީއެލް ހަ އެއަރޕޯޓެއް ހިންގައެވެ.

އޭގެތެރޭގައި ހޯރަފުށީ އެއަރޕޯޓާއި ހަނިމާދޫ އެއަރޕޯޓު އަދި ފުނަދޫ އެއާޕޯޓުގެ އިތުރުން މާވަރުލު އެއަރޕޯޓް ހިމެނެއެވެ.