ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލުކޮށް ރައީސުންނާއި މޭޔަރުން ހޮވުން ރައްޔިތުންގެ ވޯޓަކަށް

0
ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް ސަރުކާރުން ބޭނުންވާ އިސްލާހުތައް ވަނީ ގެނެސްފައި

ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކުރުމަށް ޤާނޫނު އަސާސީއަށް ހުށައެޅި އިޞްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި އިޞްލާހު ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް މަޖިލީހުން ގެންނަން ފާސްކުރި އިޞްލާޙުގައި ވަނީ ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް އިތުރުކުރުމާއިއެކު، ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްގެ ރައީސްއާއި، ރަށު ކައުންސިލްގެ ރައީސުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރުމަށެވެ.

ސަރުކާރުން އެންމެ ފުރަތަމަ މަޖިލީހަށް ހުށައެޅި އިޞްލާހުގައިވަނީ ސިޓީ ކައުންސިލްގެ މޭޔަރުންނާއި ނާއިބު މޭޔަރުން އަދި ކައުންސިލްގެ ރައީސްއާއި ނާއިބު ރައީސް ހޮވަންޖެހޭނީ ރައްޔިތުންގެ ސީދާ ސިއްރު ވޯޓަކުންކަމަށެވެ. ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާނީ ސިޓީ ކައުންސިލްގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން އެކަނިކަމަށެވެ.

Advertisements

އެހެންކަމުން ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްގެ ނާއިބު ރައީސުން ހޮވަންޖެހޭނީ މިހާރުވެސް އެފަރާތްތައް އިންތިޚާބުކުރާގޮތަށް ކައުންސިލް މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޤާނޫނު އަސާސީއަށް ގެނައުމަށް މަޖިލީހުން މިއަދު ފާސްކުރި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމުން އެންމެ އަވަހަށް ބާއްވާ ކައުންސިލް އިންތިޚާބުގައި މިޤާނޫނަށް ޢަމަލުކުރަންޖެހޭ ކަމަށް މި އިޞްލާހުގައި ބަޔާންކޮށްފައިވެއެވެ.

ކޮންމެ ތިން އަހަރަކުން އިންތިޚާބު ބާއްވަންޖެހުމަކީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ކަމެއްކަމަށް ސަރުކާރުންވެސްވަނީ ވިދާޅުވެއެވެ. އެކަން ހައްލުކުރުމަށް ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސްއަހަރަށް އިތުރުކުރުމަށް ސަރުކާރުން ވަނީ ޤާނޫނު އަސާސީއަށް އިޞްލާހެއް ހުށައަޅާފައެވެ. އަދި މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްވެސްމެއެވެ.

ކައުންސިލްތަކުގެ އުމުރު ދިގުކުރަން މަޖިލީހުން ފާސްކުރައްވާފައިވާއިރު، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކޮށް ކައުންސިލްތަކަށް އިތުރު ބާރުތަކެއް ދިނުމަށް ލާމަރުކަޒީ ޤާނޫނަށްވެސް ސަރުކާރުން ވަނީ އިޞްލާހުތަކެއް ހުށައަޅާފައެވެ.

ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here