ފުވައްމުލައް ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހައިރިސްކް ދެ މީހުން، އެރަށުގެ ކޮވިޑް ފެސިލިޓީއަށް ބަދަލު ކޮށްފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ފައްސިވެފައިވާ 'ހައި ރިސްކް' 2 ބަލި މީހުން ރޭ 11:30 ހާއިރު، އެ ހޮސްޕިޓަލުގައި ގާއިމު ކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ބަދަލު ކޮށްފައި ވާ ކަމަށެވެ. އަދި އެއީ 70 އަހަރުގެ ފިރިހިނެކާއި 61 އަހަރުގެ އަންހެނެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ދެ މީހުންނަކީ 10 ދުވަހުގެ ކަރަންޓީން މުއްދަތު ނިންމުމާ ގުޅިގެން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓްގައި ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ދެ މީހުންނެވެ.