ރައީސް ޔާމީން އަދުލު އިންސާފު ހިންގުމަށް ފުރުސަތު ދެއްވި: އަބްދުއްރަހީމް

0

ރައީސް އަބްދުﷲ ޔާމީން މިއަދު ޖަލުގައި ހުންނަވަން ޖެހިވަޑައިގަތީ ދިވެހި ކޮންމެ ރައްޔިތަކާއި ދޭތެރޭގައި އަދުލު އިންސާފު ގާއިމްކުރެއްވުމުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. އަބްދުއްރަހީމް ވަނީ ހަމަހަމަކަމާއިއެކު އަދުލު އިންސާފު ހިންގުމަކީ އަނިޔާވެރިކަމަށް މަގުފަހިކޮށްދިނުން ކަމުގައި ބުނެވޭނެ އެއްްވެސް ޖާގައެއް ނޯންނާނެކަމެއްކަން ފާހަގަކުރައްވާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލީ އަނިޔާވެރިކަމާއެކީގައި ނޫންކަން ފާހަގަކުރައްވައި އޭނާ ވަނީ ރައީސް ނަޝީދު ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޟީ) ހިފާ ހައްޔަރު ނުކުރާކަމަކަށް ނުވާނެކަން ހާމަކުރައްވާފައެވެ. އަބްދުއްރަހީމް ވިދާޅުވިގޮތުގައި އެކަން ހިނގީ އެންމެންގެ ލޯ ކުރިމަތީގައެވެ. ރައީސް ނަޝީދުގެ މައްޗަށް އެ ދައުވާ އުފުލީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ ރައީސް ޔާމީން ކުރެއްވި ކަމެއް ނޫންކަމަށެވެ.

Advertisements

ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ އަދަދެއްގެ ސިޔާސީ ބަޔަކު ހައްޔަރުކުރިކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވަނީ އެފަރާތްތައް ހައްޔަރުކުރި ސަބަބުތައް ފެންނަން ހުންނާނެކަމަށެވެ. އެގޮތުން ތިން ކޯޓު މަރުހަލާއިން ކަންކަން ނިންމުމުގެ ފުރުސަތު އެފަރާތްތަކަށް ލިބިގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީން އިންސާފުވެރިކަމާއެކު ވެރިކަން ކުރެއްވި ކަމުގެ ނަތީޖާއަކީ އެމަނިކުފާނު މިއަދު ޖަލުގައި އޮންނަން ޖެހުންކަން ހަމަކުރައްވައި އަބްދުއްރަހީމް ވަނީ އެކަން ބަލައި ނުގަނެވޭނެކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އަދުގެ ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވީ ގަސްތުގައި އަނިޔާ ދިނުމަށް ކަމަށެވެ.

ރައީސް ޔާމީން މަނީ ލޯންޑާ ކުރިކަމަށް ބުނެ އެމައްސަލައިގެ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ތާވަލުކުރީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް ހުކުމް ކުރުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް އޮތްކަމަށް ބުނެ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ. އަދި ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު އެމަަނިކުފާނުގެ މައްޗަށް ހުކުމް އިއްވުނު އިރު އިސް ފަނޑިޔާރަކަށް ހުންނެވީ ގާޟީ އަލީ ރަޝީދެވެ. ރައީސް ޔާމީނަށް ހުކުމް ކުރެވުނުއިރު ގާޟީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއްވެސް ޖޭއެސްސީގައި އޮތްކަން ފާހަގަކޮށްލެވެއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here