އައިސްލޭންޑްގެ ހުޅަގު ދެކުނުގައި ހުރި އަލިފާން ފަރުބަދައެއް ގޮވައި ކައި އަވަށްތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ.

އައިސްލޭންޑްގެ މި އަލިފާން ފަރުބަދަ ގޮވާފައިވަނީ ރޭގެ 10:17 ގައެވެ. މި އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން އެ ގައުމުގެ ސަރުކާރުން ވަނީ އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުން ވީ އެންމެ އަވަހަކަަށް އެ ސަރަހައްދު ދޫކޮށްލާފަ ދިއުމަށް އަމުރެއް ނެރެފައެވެ. އަސްލޭންޑްގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީއިން މައުލޫމާދު ދޭގޮތުގައި މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެ ސަރަހައްދުގެ އިންފްރާސްޓްރަކްޗާރ ހަލާކުވުމަކީ އެކަޝީގެންވާ ކަމެކެވެ.

މީގެއިތުރުން މިހާތަނަށް އެ ސަރަހައްދުގައިވާ 60 ގޭބިސީ އިވޭކުވޭޓް ކުރެވިފައިވާ ވާނެކަމަށް ވެސް ސިވިލް ޕްރޮޓެކްޝަން އޭޖެންސީއިން މައުލޫމަތުދެއެވެ. މީ އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންގެ އާބާދީގެ 10 އިންސައްތައެވެ.

މި އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މީގެ ކުރިންވެސް މިދިޔަ އަހަރުުގެ ނުވެންބަރު މަހުގެ 10 ވަނަދުވަހުގައި އައިސްލޭންޑް ގެ އެހެން ސަރަހައްދެގައި ހުރި އަލިފާން ފަރުބަދައެއް ވެސް ވަނީގޮވާފައެވެ. މި ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.