ގދ. ތިނަދޫ ކުނިގޮނޑުގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އަލިފާން ނިއްވުމުގެ މަސައްކަތް އެ މުއައްސަސާގެ ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން މިހާރު ކުރަމުންދާ ކަމަށެވެ. ކުނިގޮނޑުގައި ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 18:47 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމަށް އެމްއެންޑީއެފުން މިހާތަނަށް ބުނެފައެއް ނުވެއެވެ.

ރަށްރަށުގެ ކުނިގޮނޑުތަކުގައި ރޯވުމުގެ ހާދިސާތަކަކީ އާންމުކޮށް ހިނގާ ކަންކަމެވެ.