ހުޅުމާލެ ފޭސް އެކެއް ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި، މީހަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އަންގާ ފުލުހުން އިއުލާން ކޮށްފައިވާ ފަރާތަކީ ލ. ދަނބިދޫ / ކަފަމާގެ، ޢާއިޝަތު ޝަބީނާ (32އ) އެވެ.

އަދި އޭނާ ހާޒިރުކުރެވޭ ހައިސިއްޔަތަކީ މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް އެކެއް ޕޮލިސް ސްޓޭޝަނަށް މިމަހު 28 ވަނަ ދުވަހުގެ 10:00އަށް ހާޒިރުވުމަށްވެސް ފުލުހުން ބުނެފައިވެއެވެ.