ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި މެލޭޝިޔާގެ ޑެޕިއުޓީ ފޮރެއިން މިނިސްޓަރ ޑަތުކް މުހައްމަދު ބިން އަލަމިން އާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ދެ ބޭފުޅުން ބައްދަލުކުރެއްވީ ޔޫގަންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށް ގެންދާ ނޮން އެލައިންޑް މޫވްމަންޓް (ނޭމް) ގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ޔޫގާންޑާގައި ބޭއްވި އެ ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި ދެ ގައުމުގު ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ބެހޭގޮތުން މަޝްވަޜާ ކުރެއްވި ކަމަށެވެ.

ޔޫގަނޑާއަށް މިނިސްޓަރ ޒަމީރު ކުރެއްވި ދަތުރުގައި އެމަނިކުފާނު ވަނީ ގިނަ ގައުމުތަކެއްގެ އިސް ވެރިންނާއި ވަނީ ބައްދަލުކޮށް، ރާއްޖެއާއި ދުނިޔޭގެ އެކި ގައުމުތަކާއި އޮތް ގުޅުން އިތުރަށް ވަރުގަދަ ކޮށްދެއްވާފައެވެ.