މ. ކޮޅުފުށިން ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ރަށުން މިހާތަނަށް ނެގި ސާމްޕަލްތައް ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ މިމަހުގެ 20 އިން 24 އަށް ކޮޅުފުށިން ގަމަށް ދަތުރުކުރި ތިން މީހެއް ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން މިހާތަނަށް ގަމުން ސާމްޕަލް ނަގައި ޓެސްޓް ކުރެވުނު 29 މީހުން ވެސް ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ.
ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގަމަށް އެ ތިން މީހުން ދިޔައީ ކޮޅުފުށި މޮނިޓަރިންއަށް ލި ދުވަހުއެވެ. އެ ތިން ކޭސް އާއި ގުޅިގެން ގަމުގެ 10 ގެއެއް ވަނީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކޮށްފައެވެ.