މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގައި އަވަސް ލުއިފަސޭހަ ހިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އިމިގުރޭޝަނުން ވިދާޅުވިގޮތުގައި މިއަދުން ފެށިގެން މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް އެ ފަރާތްތަކުން ބޭނުންނަމަ އިމިގުރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެ ކަމަށްވެސް އިމިގުރޭޝުން ވިދާޅުވިއެވެ.

އުމުރުން 65 މަތީގެ ފަރާތްތަކަށް މި ހިދުމަތް ލިބެން ހުންނާނީ ހެނދުނު 08:30 އިން ހަވީރު 05:00 އަށެވެ.