އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައިޝަތު ފިފްޝީން އަލީ އައްޔަންކޮށްފިއެވެ.

ފިފްޝީން ބޭންކިން އަދި ފައިނޭންސް ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ، ބޭންކް އޮފް މޯލްޑިވްސް ގައި 2003 ވަނަ އަހަރުގައެވެ. ބީއެމްއެލްގައި ފިފްޝީން ވަނީ ހެޑް އޮފް ޗެނަލް މެނޭޖުމަންޓާއި ހެޑު އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓު ފަދަ އިސް މަގާމުތައް ފުރުއްވާފައެވެ.

ފިފްޝީން ވަނީ އޮސްޓްރޭލިއާގެ ކާޓީން ޔުނިވަރސިޓީން ބެޗެލާސް އޮފް ކޮމާސް ހާސިލްކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ އެޑިތު ކޮވަން ޔުނިވަރސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް އިންޓަނޭޝަނަލް ބިޒްނަސްވެސް އޭނާ ވަނީ ހާސިލްކުރައްވާފައެވެ.

އޭނާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސްއިން ޕްރޮފެޝަނަލް ބޭންކަރެއްގެ ގޮތުގައި ތަމްރީން ހޯއްދަވާފައެވެ. އަދި މެލޭޝިޔާއިން ވެސް ޗާޓާޑް ބޭންކާއެއްގެ ކޮލިފިކޭޝަން ހޯއްދަވާފައިވެއެވެ.